ކެންޑިޑޭޓުންނާ އެކު ޕީއެންސީގެ “ދޮރުންދޮރަށް” ހަރަކާތް ފަށައިފި

Advertisement

Advertisement
image

Advertisement

Advertisement

 މެމްބަރު ކަމަށް އެ ޕާޓީން ވާދަކުރައްވާ މެމްބަރުންނަށް ތާއީދު ހޯދުމަށް ހިންގާ ހަރަކާތެކެވެ. 

މާލޭގައި ޕީއެންސީ މައި ހަރުގެ ސަރަހައްދުން މިއަދު ފެށި އެ ހަރަކާތުގައި މީހުންގެ ކަންބޮޑުވުންތައް އަޑުއަހައި ކެންޑިޑޭޓުންނާ ސުވާލުކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މާލޭގެ ހުރިހާ އަވަށްތަކުގެ ގެތަކަށް ޒިޔާރާތްކޮށް ކެންޑިޑޭޓުންގެ ސިޔާސަތުތައް ވެސް ކިޔައިދޭނެ ކަމަށް އެ ޕާޓީން ބުންޏެވެ. 

މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް އެ ހަރަކާތް ކުރިއަށް ގެންދާނެ އެވެ.

އެ ހަރަކާތް ފެށުމަށް ބޭއްވި ހަރަކާތުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ މާލޭގައި ފަށާ އެ ހަރަކާތާއެކު ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެ ޕާޓީން ވާދަކުރާ މީހުން ވެސް އެ ހަރަކާތް ފެށުމަށް އިލްތިމާސް ކުރައްވައިފަ އެވެ. 

ދޮރުން ދޮރަށް ހަރަކާތް ފެށުމުގެ ގޮތުން ޕީއެންސީ ޖަގަހައިގައި ފަލާހު ވާހަކަ ދައްކަވަނީ– ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފަލާހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އެދިވަޑައިގަންނަވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ކަމަށާއި އެހެންވެ އެ ހަރަކާތުގެ ބޭނުމަކީ ރައްޔިތުންނާ ބައްދަލުކޮށް އެމީހުންގެ ހާލު ބަލައި، އެމީހުންނަށް ކުރިމަތިވެފައިވާ ދަތިތައް ސަރުކާރާ ހަމައަށް ގެނެސްދިނުން ކަމަށެވެ. 

ފަލާހު ވިދާޅުވި ގޮތުގައި އެ ޕާޓީން މޭޔަރު ކަމަށް ނިކުންނަވާ ޖަލީލަކީ ރައީސް ހިންގެވި މަގުން ވަޑައިގަންނަވާނެ ބޭފުޅެކެވެ. އެއީ އިހުލާސްތެރިމާއި އަމާނާތްތެރިކަމާ އެކު ކުރިއަށް ދާނެ ބޭފުޅެއް ކަމަށް ފަލާހް ވިދާޅުވި އެވެ. 

ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ކޮމިިޓީގެ އިންތިހާބު އޮތީ އަންނަ އޭޕްރީލް 4 ގަ އެވެ. އެ އިންތިހާބުގައި ކައުންސިލަށް 681 މީހުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 681 މީހުން ހޮވާނެ އެވެ.